RSS

މޯލްޑިވިއަން ޑިޖިޓަލް ލައިބްރަރީ ޕްރޮޖެކްޓް އިފްތިތާޙު ކުރުން

29 Aug

source: National Library of Maldives   http://www.nationallibraryofmaldives.com/node/481

މޯލްޑިވިއަން ޑިޖިޓަލް ލައިބްރަރީ ޕްރޮޖެކްޓް އިފްތިތާޙު ކުރުން
22 އޯގަސްޓް 2011
.
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ އާއި މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން އަދި ޤައުމީ ކުތުބުޚާނާ އާއި ގުޅިގެން ހިންގުމަށް އެއްބަސްވި ޑިޖިޓަލް ލައިބްރަރީގެ ޕްރޮޖެކްޓަކީ ކަނޑައެޅޭ ލައިބްރަރީ ތަކެއްގައި ހުރި ބިބްލިއޮގްރަފިކް ޑޭޓާތައް އެއްވިއުގައަކުން ބަލައި ލުމަށާއި ބައެއް ލިޔުންތައް ޑިޖިޓަލް ފޯމެޓްގައި ފެންނާނެހެން ހެދުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެކެވެ. މި ޕްރޮޖެކްޓުގެ މުހިއްމު އެއް މަޤްޞަދަކީ ކިޔަވާ ކުދިންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު ލައިބްރަރީގެ ޚިިދުމަތް ފޯރުކޮށް ދިނުމެވެ.
.
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބް އަލްފާޟިލް އިބްރާހިމް އިސްމާޢީލް އެވެ. މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަންގެ ފަރާތުން އެ އެސޯސިއޭޝަންގެ ރައީސާ އަލަފާޟިލާ އާއިޝަތު ޝަބާނާ އެވެ. އަދި ޤައުމީ ކުތުބުޚާނާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހިމް ޝިޔާމް އެވެ. މި ޕްރޮޖެކްޓްގެ ދަށުން ގްރީންސްޓޯން ޑިޖިޓަލް ލައިބްރަރީ ސޮފްޓްވެއަރ އަދި ކޯހާ އިންޓަރގްރޭޓަޑް ލައިބްރަރީ ސިސްޓަމް ސޮފްޓޮވެއަރ ބޭނުންކޮށްގެން ލައިބްރަރީތައް ތަރައްޤީ ކުރެވޭނެއެވެ.
.
މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރެވޭނެ ލައިބްރަރީ ތަކަކީ:
.
–  ޖަލާލުއްދީން ސްކޫލް (ހދ.ކުޅުދުއްފުށި)
–  ޅ. އަތޮޅު ތަޢުލީމީ މަރުކަޒު (ޅ.ހިނަނަވަރު)
–  އަމީނިއްޔާ ސްކޫލް (ކ.މާލެ)
–  ދ. އަތޮޅު ތަޢުލީމީ މަރުކަޒު (ދ. ކުޑަހުވަދޫ)
–  ހަމަދް ބިން ޚަލީފާ އަލްސާނީ (ލ.ގަން)
–  ގދ. އަތޮޅު ތަޢުލީމީ މަރުކަޒު (ގދ.ތިނަދޫ)
–  ޏ.އަތޮޅު ތަޢުލީމީ މަރުކަޒު (ޏ.ފުވައްމުލައް)
–  މުހިއްބުއްދީން ސްކޫލް (ސ.ހިތަދޫ)

.

Advertisements
 
Leave a comment

Posted by on August 29, 2011 in NEWS

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: