RSS

މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަންގެ ފަރާތުން، ޅ.ނައިފަރު ޕަބްލިކް ލައިބްރަރީގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚިދުމަތުގެ އަގުވަޒަން ކޮށް ހަނދާނީ ފިލައެއް އަރުވައިފި

29 Mar

މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގެ ލައިބްރަރީތައް ތަރައްޤީކޮށް ލައިބްރަރީ ފަންނު ކުރިއެރުވުމަށާއި، އަދި ދިވެހިރާއްޖޭގެ ލައިބްރަރީ ތަކުގެ މެދުގައި ގުޅުން ޤާއިމްކޮށް، ދަމަހައްޓާ ވިއުގައެއްގެ ތެރޭގައި މަސައްކަތް ކުރުމުގެ މަޤްޞަދުގައި 11 މާރޗް 1987 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ އެސޯސިއޭޝަނެކެވެ. މިއެސޯސިއޭޝަންގެ މެމްބަރުންނަކީ އިންފޮރމޭޝަން މެނޭޖްމަންޓާއި، ލައިބްރަރީ ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކެވެ. މިއެސޯސިއޭޝަންގެ ފަރާތުން މިހާތަނަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތް ތަކަކީ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ތައް އޮޓޮމޭޓްކޮށް ލައިބްރަރީ ނެޓްވާރކް ޤާމިކުރުމުގެ މަސައްކަތް ފެށި، ޑިޖިޓަލައިޒޭޝަން ސޮފްޓްވެއާރ ތަޢާރަފްކުރެވި، އަދި ބައިނަލްއަޤްވާމީ ވާރކްޝޮޕްސް، ކޮންފަރެންސް ފަދަ ހަރަކާތް ތަކުގައި މިއެސޯސިއޭޝަން ތަމްޘީލް ކުރެވިފައިވާ ކަމެވެ.

އެގޮތުން، މިއެސޯސިއޭޝަންގެ މިދައުރުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ހިންގާ ޙަރަކާތެއްގެ ގޮތުން ޅ. އަތޮޅުގެ ލައިބްރަރީތަކާއި، ނައިފަރު ޕަބްލިކް ލައިބްރަރީ ތަރައްޤީ ކުރުމަށް އެހީތެރިވެ ދިނުމަށްޓަކައި ވާރކްޝޮޕެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިވާރކްޝޮޕް ހިންގުމަށް ރޭވިފައިވަނީ ނައިފަރު ޕަބްލިކް ލައިބްރަރީގެ 36 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ނެވެ. އެގޮތުން މިމުނާސަބަތު ފާހަގަކުރުމުގެ ގޮތުންނާއި އަދި މިޙަރަކާތް ފެށުމުގެ ގޮތުން މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަންގެ ފަރާތުން ނައިފަރު ޕަބްލިކް ލައިބްރަރީ އަށް ހަނދާނީ ފިލައެއް 07 މާރޗް 2016 ވަނަ ދުވަހު ވަނީ އަރުވާފައެވެ.

މިހަނދާނީ ފިލާ އަރުވާފައި ވަނީ، 07 މާރޗް 1980 ގައި ނައިފަރު ޕަބްލިކް ލައިބްރަރީ އުފެދުނީއްސުރެ މެދުކެނޑުމެއް ނެތި ވަރަށް ޝައުޤުވެރިކަމާއި އެކު ރަށުގެ ރައްޔިތުންނަށާއި ޚިދުމަތް ބޭނުންވާ އެންމެހާ ފަރާތްތަކަށް ޚިދުމަތް ދެމުން ގެންދަވާތީ، މި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މި ލައިބްރަރީގެ ވެރިޔާ ޅ.ނައިފަރު، މަދުގަސްދޮށުގޭ މުޙައްމަދު ނިޒާރު އިބްރާހީމް އަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި މި ލައިބްރަރީ އުފެދުނީ އެންމެ 120 އަކަފޫޓުގެ ޖާގައެއްގައި ޢާއިލާގެ 04 މެމްބަރަކާއި އޭރު ޕާކިސްތާނުގައި ހުރި ގާތް އަޚެއްގެ އެހީގައެވެ. ލައިބްރަރީ އުފެއްދުމުގައި ނަމޫނާއެއްގެ ގޮތުގައި ބެއްލެވީ ޕާކިސްތާނުގެ ލައިބްރަރީއެކެވެ. އެގޮތުން ލައިބްރަރީ ޤަވާޢިދާއި، މެމްބަރޝިޕް ކާޑާއި، ފޮތް ދޫކުރާ އުސޫލުތައް ބަލައިގެން މަސައްކަތް ފެށީ ފޮތް ދޫކުރާ ލައިބްރަރީ އެއް ގޮތުގައެވެ. ދިވެހިރާއްޖޭގެ ވަރަށް ކުރީގެ ތާރީޚީ، ދީނީ ފޮތްތައް މިލައިބްރަރީގައި ހުންނާނެ ކަމާއި އެގޮތުން އެންމެ ކުރީގެ ފޮތެއްގެ ގޮތުގައި ހިޖުރައިން 1296 ވަނައަހަރު ޗާޕްކޮށްފައިވާ ދީނީ ފޮތެއް ވެސް އޮންނާނެ ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ. ލައިބްރަރީ ހުޅުވުނު އިރު ޚިދުމަތް ފެށީ 635 ފޮތުންނެވެ. ނަމަވެސް މިހާރު 12000 އަށް ވުރެ ގިނަ ފޮތް ލައިބްރަރީގައި އެބަހުރިކަންވެސް ފާހަގަކުރެއްވިއެވެ. ފޮތުގެ އިތުރުން އެންމެ ކުރީގައި ޗާޕްވެގެން ނިކުތް އަލްއިސްލާޙު މަޖައްލާ، ސަރުކާރުގެ ޚަބަރު އަދި ހަވީރު ނޫސް ފަދަ ތަކެތީގެ ހުރިހާ އަދަދުތަކުގެ އޮރިޖިނަލް ހަމައަށް ހުންނާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.  އަދި މިހާރު ލައިބްރަރީގެ މެމްބަރުންގެ ގޮތުގައި 595 މެމްބަރުން އެބަތިބިކަމަށްވެސް ނިޒާރު ފާހަގަކުރެއްވިއެވެ.

މިލައިބްރަރީގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރޭގައި ރަށުގެ ރައްޔިތުންގެ އިތުރުން ސްކޫލް ދަރިވަރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނާއި، އެކިއެކި ދިރާސާތައް ކުރައްވާ ފަރާތްތައް ހިމެނެއެވެ.  ލައިބްރަރީގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިގަތް އިރު މަސްކިރާ ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ޅަވިޔަނި އަތޮޅުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ މީހުންނަށް ވެސް އެމީހުން ދަތުރު ނިންމާފައި އައިސް ފޮތް ރައްދުކުރާ ގޮތަށް ދަތުރު ފަށާއިރު ލައިބްރަރީ އިން ފޮތް ދޫކުރާކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ލައިބްރަރީ ހިންގަމުންދަނީ 99 ޕަސަންޓް އަމިއްލަ ޚަރަދުން ކަމަށާއި، މިފުރުސަތުގައި ނޮވެލްޓީ ބުކްޝޮޕް ގެ އިސްވެރިޔާގެ ފަރާތުން ލިބެމުންދާ އެހީތެރިންކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ނިޒާރު ފާހަގަކުރެއްވީ 1991 ވަނަ އަހަރު ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޮގުން ލައިބްރަރީ ހިންގުމުގެ އެވޯޑް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ލިބިފައިވާ ކަމެވެ.

Advertisements
 
Leave a comment

Posted by on March 29, 2016 in NEWS

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: